އަމާންކަން އެބައޮތްބާ؟

1900އަހަރު ތަކުން ފެށިގެން ދުނިޔޭގެ “ސުވަރުގެ” ގެ ގޮތުގަ ދިވެހިރާއްޖެ މަސްހޫރު ވެފައި ވަނީ ރީތިކަމާއި އަމަން އަމާން ކަމާއި ސުލްހަމަސަލަސް ކަން  އެކުލެވިގެވާތީއެވެ. ރާއްޖޭގެ މައިގޭޓް ދުނިޔެއަށް ހުޅުވުން ވެގެން ދިޔައީ ފަތުރުވެރިން ގެ ޙާއްސަ މަންޒިންލެއްގެ ގޮތުގައި ރާއްޖެ ހިމެނުން ކަމުގައެވެ. އެއީ އަމާން ކަމާއި އެކު ހިތްހަމަޖެހިލައިގެން ޗުއްޓީ ހޭދަ ކުރެވޭތީ އެވެ.

ޑިމޮކްރެޓިކް އުސޫލަށް އަމަލު ކުރަން ފެށިފަހުން 2008 ވަނަ އަހަރު ރާއްޖެ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ވެއްޓިގެން ދިޔުން ވެގެން ދިޔައީ ސިޔާސީ ގޮތުން ނާއި އިޖްތިމާއި ގޮތުން އާބާބެއްގެ ފެށުން ކަމުގައެވެ. ސިޔާސީ ވާދަވެރިކަން ފުޅާވެ ސިޔާސީ ހަމަނުޖެހުންތައް ގިނަވާން ފެށިއެވެ. ގޭންގްތައް ފުޅާވެ އިޖްތިމާއީ ހަނުޖެން ތައް އިތުރު ވާން ފެށިއެވެ.

ވެރިކަން ކުރާ ރަށް މާލެ ހަލަބޮލިވެ މާރާމާރީ ތައް އިތުރު ވެގެން ދިޔުން ވެގެން ދިޔައީ މާލެ އާއި އެހެނިހެން ރަށް ރަށަށް ވެސް ބިރުވެރިކަން ފެތުރިގެން ދިޔަކަމަކަށެވެ. އެއީ ކުރީގެ ހާލަތެވެ. މިހާރު މިކަން ތައްތައް ވަނީ ބަދަލުވެފައެވެ. މީހަކު މަރާލުން އެއީ ކޮންމެ ދުވަހެއްގެ ނޫސްތަކުގެ ސުރުޙީ ގައި ހިމެނޭ ކަމަކަށް ވަނީ ވެފައެވެ. އެހާވެސް އާއްމު ވެފައެވެ. ފުލުހުން ގެ ތަފާސް ހިސާބް ތައް ދައްކާ ގޮތުން މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ 6942  މައްސަލައެއް 2008 ވަނަ އަހަރު ވަނީ ފުލުހުން ނަށް ހުށައެޅިފައެވެ. މިއަދަދު 2014 ވަނަ އަހަރު 636 އަށް ދައްވެ ފައިވާކަން ތަފާސް ހިސާބުން ދައްކައެވެ.

ސުވާލަކީ މިހާރު ރާއްޖެ އަމާން ވީ ހެއްޔެވެ؟ މިހެން ބުނެވޭނެ ޖާގަ އެބައޮތް ހެއްޔެވެ؟ މައްސަލަތައް ރަނގަޅަށް ތަހުގީގް ކުރެވޭ ބާއެވެ؟ ކުއްވެރިންނައް ޙައްޤު އަދަބު ލިބޭބާވައެވެ؟ މި އީ މިހާރު ހުރިހާއެންމެން ހިތުގައި އުފެދޭނެ ސުވާލު ތަކެވެ.

2013 ވަނަ އަހަރު މަޖިލިސް މެންބަރެއް ވަރަށް އިހާނެތިކޮށް ވަނީ މަރާލާފައެވެ. ހަމަ އެއަހަރު  އާއްމު ރައްޔިތެއް ވެސް ވަނީ މަރާލާފައެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ބަޔަކަށް ވަނީ އެކި ގޭންގް ތަކުގެ ހަމަލާތައް އަމާޒު ވެފައެވެ. މިފަދަ ހަމަލާތަކުގެ ފަހަތުގައި ވަނީ ސިޔާސީ އަދި ޒާތީ ހަސަދައެވެ. ނަމަވެސް ހިތާމަ އަކީ ކުށެއް ނެތް ކަމާ ނުބެހޭ ބަޔަކަށް މި ހަމަލާ ތައް އަމާޒުވުމެވެ. 2014 ވަނަ އަހަރު މިއަދާ ހަމައަށް އެކަނިވެސް 6 ވަރަކަށް މަރު ގެ މައްސަލަ ވަނީ ރެކޯޑް ކުރެވިފައެވެ. މި މައްސަލަތައް ވަނީ އަދިވެސް ތަހުޤީގް މަރުހަލާގައެވެ.

ހިތާމައަކީ، ކުއްވެރިން ނަށް ލިބެން ވާ ޙައްޤު އަދަބު ނުލިބޭކަމެވެ. މަރަން ހުކުމް ކުރާތަން ވެސް ފެނެެއެވެ. ނަމަވެސް އަމަލީ ގޮތުން އެކަން ކުރާތަނެއް ނުފެނެއެވެ. ފޮރުވިފައިވާ ވަރަށް ބޮޑު ސިއްރު ތަކެއްވާކަން އެއީ އެއްމެނަށް ވެސް އިނގޭ ބޮޑު ސިއްރެކެވެ. މިކަން ތައްމިގޮތަށް އޮތުމުން މި ފަދަ މައްސަލަ ތަކަށް ހައްލެއް ނުލިބޭނެއެވެ. މިފަދަ މައްސަލަ ތަކަށް ހައްލުލިބޭނީ ގާތިލުން ނަށް ހައްޤު އަދަބުލިބި އޭގެ އަޑީ ގައި ތިބި މީހުންނަށް ވެސް އަދަބު ލިބިގެން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *