ޝަކުވާ

lonely 2 blog an

ބަޔާންމިވެވޭ ހިތުގެޝަކުވާ، އަހާނަންހޭ ނިކަން ކަނުލާ
ވަޔާމޫސުމް ދައުރުވާހެން، ހަޔާތް ވެއްޖޭ ބަދަލު އަސްތާ

އެތަށް ހުވަޔާ އަހުދު ކޮއްފާ، ނިކަން ލޯބިން އެކީ އުޅެފާ
އެތަށް މީހުން މަދޫކޮއްފާ، ވެޔޭ އަމުދުން ހަދާން ނައްތާ

ހިތެއްވޭނީ ޒަޚަމް ކޮއްފާ، ވެޔޭ މިވަނީ ޝިފާ ނެތިފާ
ހިތެއް އަސަރުން މިރޮއްވީތާ، ލިބެންނެތުމުން ހިމާޔަތްތާ

ޔަޤީންކަންދީ މިއިތުބާރުން، ބަހާއަމަލުން އެދައްކާހާ
ހަޤީޤަތެކޭ އެއޮޅުވާފާ، މަށަށްދެއްކީ ބިލާހެއްތާ

ޝައްކުން މިހިތް ފުރާލާފާ، ވަހުމް ސިކުނޑީ ވަށާލާފާ
ބައްޔެއްނުބައި އެޖައްސާލީ، ރަހުމްހިތުގާ ނެތީމާތާ

އެއިތުބާރެއް އަލުންކުރުމަށް، ނުކުޅެދޭނޭ ހިލާ އަހަރެން
އެއިންސާފެއް އަލުންހޯދުން، އެއީ ދިގު އިންތިޒާރެއްތާ

ވެޔޭ ބޭނުން ހިތެއް ތެދުވެރި، ހަޔާތެއްފޮނި އަލުން ހޯދަން
ވެޔޭ ކުލުނާ އަޅާލުންވެސް، އިންތިހާއަށް ވެބޭނުންތާ

ފާތިމަތު މަދީހާ

ފާތިމަތު މަދީހާ

poem writer and story writer

Leave a Reply

Your email address will not be published. Required fields are marked *