ތައުލީމް

Education
ތައުލީމަކީ އަލި ދަންމަރޭ، އިލްމާއި ހިލްމުން އަލިކުރާ
ތައުލީމަކީ ގަދަ ނޫރެކޭ، މީހާގެ ހައިބަތު މަތި ކުރާ

ލިބިފައިވިނަމަ މޮޅު ޢިލްމަކާ، ގުޑުމެއް ނުވާފަދަ އަޒުމަކާ
ލިބިފާއެވީ މޮޅު ޝަރަފަކޭ، ރަސްކަލެއް ފަދައިން ނަންކުރާ

ދީނީ ގޮތުން އެނގިފާވެޔޭ، ޤުރުއާނުގައި ވެސް ވޭ މެޔޭ
ދީނީ އިލްމު އުނގެނުންވެޔޭ، ހެޔޮކަމެއްމީ ފައިދާކުރާ

އިލްމު ނެތް މީހާއަކީ، މީހަކަށް ނުވެދާއިރު މިތާ
ހިލްމެއް ރަނގަޅު ދަސްކޮށްބަލާ، ދިރިއުޅުމަކަށް ބޭނުންކުރާ

އޭގާ ނުހަނު ބާރެއްވެޔޭ، ކަޅުއަނދިރިކަން ފަނޑުކޮށް ހަދާ
މޭގާ އެވާ ނަފްސާ ހިތާ، ޖާހިލުކަމުން ތާހިރުކުރާ

މުސްތަޤުބަލެއް ހޯދަން އެދޭ، ކޮންމެ ފަރުދެއް ކަނުލާ އަހާ
މުސްތަޤުބަލެއް ލިބުމަށް އޮތީ، ތައުލީމަކުން ފައިދާކުރާ

ފާތިމަތު މަދީހާ

ފާތިމަތު މަދީހާ

poem writer and story writer

1 Response

  1. Avatar hussain says:

    salhi salhi

Leave a Reply to hussain Cancel reply

Your email address will not be published. Required fields are marked *